ފަލަސްޠީން ރައްޔިތެްއގެ ބޮލަށް ބަޑިޖަހައި މެރި އިޒްރޭލުގެ ސިފައިންގެ މީހާ، ސަރޖަންޓް އެލޮރ 18 މަސް ދުވަހަށް ޖަލަށް ލުމަށް އިޒްރޭލުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މިފަދަ ޙުކުމެއް ކޮށްފައި މިވަނީ ފަލަސްޠީނުގެ ރައްޔިތަކު އިޒްރޭލުގެ މީހަކާއި ދިމާއަށް ގާބުރިއެއް އެއްލުމުންވެސް އުމުރަށް ޖަލަސްލުމަށް ޙުކުމް ކުރަމުން ގެންދިއުމާއިއެކުގައެވެ.
ފަލަސްޠީނުގެ ސަރުކާރުން ބުނެފައިވަނީ މިއީ އެއްވެސް ބިރެއް ނެތި ފަލަސްޠީނުގެ ރައްޔިތުން މެރުމަށް ކޯޓުން ދިން ލައިސަންސެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން މަރަމުން ގެންދިއުމަށް ދިން ފެހި ސިގްނަލެއް ކަމަށެވެ.
މިހާދިސާގައި ޝަހީދުވި ފަލަސްޠީނުގެ ޒުވާނާ، އުމުރުން 19 އަހަރުގެ ޔުސްރީގެ ބައްޕަ ބުނީ ފަނޑިޔާރު ޙުކުމް އިއްވުމާއިއެކު ކޯޓުގައި ތިބި ޔަހޫދީންތައް ފެށީ އޭނާއަށާއި އެތަނުގައި ފަލަސްޠީނުގެ މީހުންނަށް ހީނ މަލާމާތްކުރަން ކަމަށެވެ.
އިޒްރޭލުގެ ކޯޓުތަކުން މިފަދަ ކުޅޭކުޅޭ ހުކުމްތައް ކުރަނީ އިޒްރޭލުގެ ސިފައިންގެ މީހަކު ނަމަވެސް ކުށެއްކޮށްފިނަމަ އެކަމަށް އަދަބުދޭކަން ދުނިޔެއަށް އެންގުމަށެވެ. އިޒްރޭލުގެ ކޯޓުތަކުން ސިފައިން ޖަލަށްލުމަށް ހުކުމްކުރިނަމަވެސް އެމީހުން ޖަލުގައި ނުބައިތިއްބާކަން އެއީ އެންމެންނަށް އެނގޭކަމެކެވެ.
ކޯޓުގައި އިންދާ ޔުސްރީގެ ޤާޠިލުގެ ބުރަކަށީގައި ފިރުމާލާފައި ނަތަޔާންހޫ ބުނެފައިވަނީ އޭނާއަށް ހަމްދަރުދީވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އޭނާއަށް މާފުކުރުން ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުން މެރުމަށް އިޒްރޭލް ކޯޓުން ލައިސަންސް ދީފި !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ