އަޕްގްރޭޑް ކުރުމަށް އައިޖީއެމްއެޗްގެ ބައެއް ދިމަދިމާއިން މާދަމާ ކަރަންޓް ކަނޑާނެ

އައިޖީއެމްއެޗަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޕެނަލްތައް އަޕްގްރޭޑް ކުރުމުގެ ގޮތުން މާދަމާގެ ބައެއް ވަގުތުތަކުގައި އެ ހޮސްޕިޓަލުގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލަން ނިންމައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ކަރަންޓު ކަނޑާލި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް ދެވޭ ފަރުވާތަކަށް ބުރޫ ނާރާ ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މާދަމާ ހެނދުނު 7:00 ޖަހާއިރު 20 މިނެޓަށް ޓްރާންސްފޯމާ އެކަކުން ވަގުތީ ގޮތުން ކަރަންޓް ކަނޑާލާނެ އެވެ. އަދި މެންދުރު ފަހު 2:30 އިން ފެށިގެން ބައި ގަޑިއިރަށް އަދި ހަވީރު ހަތަރެއް ޖަހާއިރު ބައި ގަޑި އިރަށް ކަރަންޓް ކަނޑާލާނެ އެވެ.
އައިޖީއެމްއެޗް ތަރައްގީ ކުރުމަށާއި އަޕްގްރޭޑް ކުރުމަށް ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ