މިނިސްޓަރު އިރުތިޝާމާއި މެމްބަރު ޝާޑުގެ ކައިވެނި މި މަހުގެ 17 ގައި

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު މި މަހުގެ 17 ވަނަ ދުވަހު ގެ ރޭ ކައިވެނި ބައްލަވާ ގޮތަށް ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި މި ދެ ބޭފުޅުން ރޭގައި ވަނީ ރަން ކިޔުއްވައިފަ އެވެ.
މިއީ އުމުރުން 46 އަހަރުގެ އިރުތިޝާމްގެ ފުރަތަމަ ކައިވެންޏެވެ. އަދި އުމުރުން 42 އަހަރުގެ ޝާޑުގެ ތިންވަނަ ކައިވެނި ކަމަށް އެނގިފައިވެ އެވެ.
މި ދެބޭފުޅުންގެ ކައިވެނި އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގަ އެވެ.
"މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ކައިވެންޏަށް ވާނެ. ކެބިނެޓް މިނިސްޓަރަކާއި މެމްބަރަކު ކައިވެނި ކުރެއްވުމަކީ މީގެ ކުރިން ރާއްޖޭގައި ވީ ކަމެއް ނޫން. އެހެންވީމާ މި ހަފުލާ ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ،" ދެ ބޭފުޅުންގެ ގާތް މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ