ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ގ. ރޭނީސް، އަހުމަދު ސަލީމް (ރޭނިސް) އައްޔަން ކުރައްވައިފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭއެސްސީގެ މެމްބަރު ކަމަށް ރޭނީސް ސަލީމް ވަނީ ހުވާ ކުރައްވާފައެވެ. ސަލީމް، މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އޭނާއަށް ފަތްކޮޅު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ސަލީމު މީގެކުރިން ވެސް ވަނީ ޖޭއެސްސީގެ އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވާފަ އެވެ.
ރޭނިސް ސަލީމް މިއަދު މެމްބަރުކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޖޭއެސްސީގެ ނައިބް ރައީސް މުހައްމަދު ފައިސަލް މިމަހުގެ 24 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ރޭނީސް ސަލީމް ވަނީ ޖޭއެސްސީގެ މެމްބަރު ކަމުގައި މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް މާރާމާރީގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން އޭނާ ވަނީ މަގާމުން ވަކިކުރައްވާފައެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް އަހުމަދު ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ