ކައިވެނީގެ އަނގޮޓިއަށް ކަރަންޓު އަރައި ފިރިހެނަކު މަރުވެއްޖެ

ކައިވެނީގެ އަނގޮޓިއަށް ކަރަންޓު އެރުމުގެ ސަބަބުން 33 އަހަރުގެ ފްލޮރިޑާ ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ޖޭސަން ފަރގަސަން ކަރަންޓުގައި ޖެހިފައިވަނީ އޭނާގެ އަންހެނުންގެ ގޭގައި ޑިޝްވޮޝަރ އެއް ހަރުކުރަން އުޅުމުގެ ތެރޭގައި ކަރަންޓު ވާގަނޑެއްގައި އަނގޮޓި ޖެހިގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި ޖޭސަން މަރުވެފައި ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއަ ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޭސަންއަށް ކަމެއް ވީކަން އާއިލާއަށް ފާހަގަ ކުރެވުނީ މުޅި މީހާ ރަތްވެ، ހަރަކާތް ހުއްޓިފައި ސިންކު ބުޑުގައި ދެކަކޫ މައްޗަށް ތިރިވެފައި އިނުމުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ވަގުތުން އެމްބިއުލާންސަށް ގުޅައި، އެމީހުން ޖޭސަންއަށް ސީޕީއާރު ދިން ކަމަށް ޚބަރުތައް ބުނެއެވެ.
ޖޭސަން އަކީ ގޭތެރޭގައި ކޮށްލަންޖެހިފައި ހުންނަ މިފަދަ ކުދި ކުދި މަރާމާތުތައް އާދަކޮށް ކުރާ މީހެއް ކަމަށް އާއިލާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ