ހުރިހާ ރައްޔިތުންގެ ކިބައިން މާއާފަށް އެދެން : އުމަރު ނަސީރު

އުމަރު ނަސީރު - ފޮޓޯ : ސަން އޮންލައިން2008 ވަނަ އަހަރު އޭރު ދިވެހި ރާއްޖޭގެ ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލް ޤައްޔޫމާ އިދިކޮޅަށް  “އިދިކޮޅު އިއްތިހާދު ” ގައި ހުރެގެން މައުމޫނާ ދިމާލަށް އެއްޗެހި ކިއިފައި ވާތީ، ޕީޕީއެމްގެ އިންތިގާލި ކައުންސިލްގެ ނާއިބު ރައީސް އުމަރު ނަސީރު ހުރިހާ ރައްޔިތުންގެ ކިބައިން މާއަފަށް އެދިވަޑައިގަންނަވައިފި އެވެ.ހުކުރު ދުވަހު ދިޓިވީން  ގެނެސްދޭ ” ހުކުރު ދުވަސް މަސްއޫދާއެކު ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ 2008 ވަނަ އަހަރު އޭރުގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅު އިއްތިހާދުގައި ހުރެގެން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އެމްޑީޕީ ޖަގަހަތަކުންނާއި މިނިވަން ނޫހުން ނަގާފައިވާ ވާހަކަތަކެއް ކަމަށާއި، އެދުވަސްވަރު އެހާބޮޑަށް އެވާހަކަތަކުގެ ތެދު ދޮގު ވަޒަން ކުރެވިފައި ނުވާނެކަމަށެވެ. އަދި މިހާރު މައުމޫނާ އެއްކޮށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިލެއްވުމުން ކުރިން ދެއްކިފައިވާ ހުރިހާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަން ސާބިތުވެއްޖެ ކަމަށް ވިދާޅުވިއެވެ.” އެހެން ކަމުން ހުރިހާ ރައްޔިތުންގެ ކިބައިން މާއްފަށް އެދެން ” އުމަރު ވިދާޅުވިއެވެ.އުމަރު ނަސީރު ވިދާޅުވީ ކުރިން ދެއްކިފައިވާ ވާހަކަތަކުގެ ސަބަބުން މައުމޫނާއި އެބޭފުޅާގެ އާއިލާގެ މެމްބަރުންގެ ފަރާތުން މާއާފަށް އެދިލައްވާފައިވާނެ ކަމަށެވެ.  އަދި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައް ރައްޔިތުން ދުވަހު ނޫސްތަކާއި ވެބްސައިޓްތައް މެދުވެރިކޮށް އެއީ ތެދު ވާހަކަތަކެއްތޯ ބަލަން ޖެހޭނެ ކަމަށާއި، އެއީ ރައްޔިތުން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް  ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ