ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ކާމިޔާބު ދަތުރުފުޅަކަށްވީ ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމާ ދިވެހި ސަރުކާރު ގުޅިގެން އެކުގައި ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަމުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އަދީބް މިހެން ވިދަޅުވީ ވިލާ ގްރޫޕުން ހިންގާ ސަން އައިލަންޑު ރިސޯޓުގައި ބޭއްވި ހަތަރުވަނަ ކެރަމް ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އަދީބް ވިދާޅުވީ ސަން އައިލެންޑްގައި ބޭއްވި މި މުބާރާތް ކާމިޔާބު މުބާރާތަކަށް ވެގެންދިޔައީ ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ސަން އައިލެންޑްގައި މަސައްކަތް ކުރާ މުޅި ޓީމްގެ މަސައްކަތުން ކަމުގަ އެވެ. އަދި މިމުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ގާސިމް އިބްރާހީމް ކޮށްދެއްވި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރައްވާ މިނިސްޓަރު އަދީބް ވަނީ އެމަނިކުފާނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.
"އަޅުގަނޑު މިފުރުސަތުގައި ދަންނަވާނީ އެހެން ގައުމެއް ގައި މި މުބާރާތް ކުރިއަށް ގެންދިޔަ ނަމަ މި ފަދަ ފުރިހަމަ މުބާރާތަކަށް އެ މުބާރާތް ނނުވާނެއޭ،" އަދީބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކެރަމް އަކީ ރާއްޖޭގެ 90 ޕަސެންޓް މީހުން މިހާރު ވެސް ކުޅޭ ކުޅިވަރެއް ކަމަށެވެ. އަދި ކެރަމްއަކީ އާއިލާތައް އެކުގައި ކުޅުމަށް މުނާސަބު، އަދި ތަފާތު މުނާސަބާތަކުގައާއި ސިޔާސީ ކެމްޕޭން ތަކުގައި ވެސް މީހުން އެކުވެރިކޮށް އެއްބައިވަންތަ ކޮށްދޭ ކުޅިވަރެއް ކަމުގަ އެވެ.
ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވުމަކީ ރާއްޖޭގައި ކެރަމް ކުޅުމަށް ޝައުގުވެރިވާ އަދި މި ކުޅިވަރުން ކުރިއަށްދާ ބޭނުންވާ ބަޔަކު އުފެދި މިކުޅިވަރުގައި ކުރިއަށްދާ ލިބޭ އިތުރު ހިތްވަރެެއް ކަމުގައި ވެސް އަދީބް ވިދާޅުވި އެވެ.
މިރޭގެ މިރަސްމިއްޔާތުގައި މިނިސްޓަރު އަދީބް ވަނީ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިންތިހާބުވި ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ސައީދު އަށާއި އައިސީއެފްގެ ހަޒާންދާރުގެ މަގާމަށް އަލަށް އިންތިހާބުވި ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ރައީސް އަހްމަދު މުބީންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އެބޭފުޅުންނަށްޓަކައި ފަހުރުވެރިވަޑައިގަންނަވާ ކަމުގައި ވެސް މިނިސްޓަރު އަދީބް ވިދާޅުވި އެވެ. މުބީން އަކީ އޭޝިއާ ކެރަމް ކޮންފެޑެރޭޝަންގެ ވެސް ޖެނެރަލް ސެކްރެޓަރީ އެވެ.
ވޯލްޑްކަޕާ ޝީގެ ދަތުރުފުޅު ކާމިޔާބުވީ ގާސިމް ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުން: އަދީބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ