މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ: މެޓް އޮފީސް

މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުން ބުނީ މިމަހުގެ އައްވަނަ ދުވަހުން ފެށިގެން ކުރަމުން ދިޔަ ވިއްސާރަ އަލިވެ، މާދަމާ އިން ފެށިގެން މޫސޫން ރީތި ވާން ފަށާނެ ކަމަށެވެ.
މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރައިގައި ގަދަ ވަޔާއެކު ވަރަށް ބޮޑަށް ވިއްސާރަ ކުރިއެވެ. އަދި މޫސުން ގޯސްވެ މާލެއާއި ބައެއް ރަށްތަކުގައި ފެން ބޮޑުވި ނަމަވެސް ނުރައްކާތެރި ހާދިސާތަކެއް ހިނގާ، ބޮޑެތި ގެއްލުންތަކެއްވެފައެއް ނުވެއެވެ.
މޫސުން ވަރަށް ގޯސްވުމާ ގުޅިގެން މިދިޔަ ހަފްތާއެއްހާ ދުވަހު މެޓް އޮފީހުން ވަނީ އެކި ފަަހަރު މަތިން އެލާޓްތަށް ނެރެ މޫސުމަށް ސަމާލުވުމަށްވެސް ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރުކުރާނެ ކަމަށެވެ. އެގޮތުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާ ގަޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ގައުމީ ދިފާއީ ބާރުން ވެސް ވަނީއެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ