ހުޅުމާލޭގައި އިތުރު 3 ސްކޫލް އިމާރާތް ކުރަން ބީލަމަށް ހުޅުވާލައިފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުމާލޭ ފޭސް 2 ގައި 3 ސްކޫލް އިމާރަތް ކުރަން ބީލަމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އެދިލައްވާފައިވާ ގޮތުގެ މަތިން ކޮންމެ ޕްރޮޖެކްޓެއްގެ ބިޑް ސެކިއުރިޓީ ގޮތުގައި 850،000 ރުފިޔާ ބަހައްޓާ ގޮތަށެވެ. ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފައިވާ ގޮތުގައި، ޝަރުތުހަމަވާ ފަރާތް ކަނޑައެޅުމުގައި އަމަލު ކުރާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލު މަތިންނެވެ.
ބީލަމުގައި ބައިވެރިވުމަށް 19 އޮކްޓޯބަރުގެ ކުރިން 1،500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީ ދައްކަން ވާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ބީލަން ހުޅުވާލާނީ 20 އޮކްޓޯބަރުގައެވެ.
މިހާރުވެސް ގްރޭޓަރ މާލޭ ސަރަހައްދުގައި 15އަށް ވުރެ ގިނަ ސްކޫލްހުރެއެވެ. އެހެންނަމަވެސް، ސްކޫލްތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކިޔަވައިދިނުމަށް އުނދަގޫ ކަމަށް ގިނަ ސްކޫލްތަކުގެ އިސްވެރިން އަދިވެސް ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ