އަޟްޙާ އީދު ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާނެ: މެޓް

އަޟްޙާ އީދު ދުވަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، މުޅި ރާއްޖެ އަށް މިހާރު ކުރަމުންމިދާ ވިއްސާރަ މިހާރު އަލިވަމުން އަންނަ ކަމަށާއި އެހެން ކަމުން އަންނަ އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމށެވެ. އަދި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މެލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަަމަށާއި ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގައި ގަދަވާނެ ކަމަށެވެ. އަދި ދެނުކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭ މޫސުން ގޯސްކަމަށް ލަފާކުރެވިފައިވާއިރު، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ