ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފާރިސް މައުމޫން މެލޭޝިއައަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދާ ބައްދަލުކުރެއްވީ ރައީސް މައުމޫންގެ ފަރާތްޕުޅުންނެވެ.
ފާރިސް މައުމޫން ޑރ މަހާތިރާއި ބައްދަލު ކުރެއްވީ މިއަދު މެލޭޝިއާގައި، ބޮޑުވަޒީރުގެ އޮފީހުގައެވެ.
ޑރ. މަހާތިރަކީ ކުރީގެ ރައީސް މައުމޫނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދު، ފާރިސް މައުމޫން އާއި ބައްދަލުކުރެއްވީތީ އުފާފުޅު ކުރައްވާ ކަމަށެވެ. އަދި ޑރ މަހާތިރަށް ޝުކުރުއަދާކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
ފާރިސް މައުމޫން މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރައްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ފާރިސް މައުމޫން މެލޭޝިއާގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ