މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ، ހުވަޔާއި ހިލާފުވެއްޖެނަމަ އެކަމުގެ އުގޫބާތް އެމީހަކަށް ލިބޭނެ ކަމަށް ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާލާ ދިނުމަށް އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާޒީ އަބްދުﷲ އަލީ ވިދާޅުވީ، ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ހިލާފުވެއްޖެނަމަ އެކަމުގެ އުގޫބާތް އެމީހަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ގަވާއިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކުގައި ހިދުމަތް ކުރުމަށް ވެސް ގާޒީ އަބްދުﷲ އަލީ ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
ހުވަޔާއި ހިލާފުވެއްޖެނަމަ އެކަމުގެ އުގޫބާތް އެމީހަކަށް ލިބޭނެ: ގާޒީ އަބްދުﷲ އަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ