މޫސުން ގޯސްވެ، ބ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވެ، ބ އަތޮޅު ހިމެނޭ ސަރަހައްދަށް މޫސުމާ ބެހޭ އިދާރާ އިން މިރޭ ޔެލޯ އެލާޓް ނެރެފި އެވެ.
މޯލްޑިވްސް
މީޓިއޮރޮޖިކަލް ސާވިސް (މެޓް) ން ބުނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ޔެލޯ
އެލާޓް ނެރުނީ، ހއ. އަތޮޅުން ޅ. އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި،
ވައިގަދަވާނެތީ ކަމަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ، އާންމުކޮށް 25 މޭލާއި 30
ދެމެދުގެ ބާރުމިނެއްގައި އެ ސަރަހައްދަށް ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި
ގަޑިއަކު 55 މޭލަށް ވައިގަދަވާނެ އެވެ.
މިއަދު ހެނދުނު ފެށިގެން
މިރަށަށް އަންނަނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ
އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.
އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން
އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ