އަބްދުﷲ ލުތުފީ އަކީ ބޮޑު ޚާއިނަކަށް މިއަދު ކުއްލިއަކަށްވީ ކީއްވެތޯ: ރައީސް ޔާމީން
1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ އަބްދުﷲ ލުތުފީ ކުއްލިއަކަށް ބޮޑު ޚާއިނަކަށް ވެގެން އުޅޭ ސަބަބާމެދު ސުވާލު އުފައްދަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަމާޒު ކުރައްވާ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.ލުތުފީ އަކީ ބޮޑު ޚާއިނެއް ކަމަށް ރައީސް ޞާލިހް މިހާރު ވިދާޅުވުމުން އެކަމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ ލުތުފީ މިއަދު ކުއްލިއަކަށް ބޮޑު ޚާއިނަކަށް ނުވަތަ ބޮޑު ބާޣީއަކަށް ވެގެން ދިޔައިރު ފާއިތުވި ދެމަސް ދުވަހު އޭނާ ހުރީ "ބޮޑު އެމްބަސީގައި" ކަމަށެވެ.ރައީސް ޔާމީން ވަނީ ދެމަސް ދުވަހު ލުތުފީ ފޮރުވައިގެން ޖަރީމާ ހިންގި މީހުންނާއި މެދު ފިޔަވަޅު އަޅަން ކެރޭނެތޯ ސުވާލު ކުރައްވާފައެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރުމަކީ ކޮރަޕްޝަން ކަމަށާ މިސަރުކާރުގެ އިސްވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލުތުފީ އަށް މަންފާތަކެއް ހޯދައިދީފި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.އަދި އެ މައްސަލަ ބޮޑު ޒީރޯ ޓޮލެރެންސްގެ ދަށުން ބައްލަވަން ނުވޭތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ. ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ދިޔަކަމަށް ސަރުކާރުން ވިދާޅުވަނީ މެއި މަހުގެ 01 ވަނަ ދުވަހުއެވެ.ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލުތުފީ ރާއްޖޭގެ އެމްބަސީއަށް ވަނީ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގައި ކަމަށެވެ. އޭގެ ފަހުން ލުތުފީ ބަހައްޓާފައި ހުރީ އެމްބަސީގައި ހުންނަ މަތީފަންތީގެ އެޕާޓްމަންޓެއްގައެވެ.|އެހެންނަމަވެސް މިހާރު ލުތުފީ އެހެންތަނަކަށް ބަދަލު ކޮށްފައިވާ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ. މި ކަމާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ލުތުފީ ރާއްޖެ ގެންނަން ނުޖެހޭނެ ކަމަށް ބުނެ ވާހަކަދައްކަނީ ދިވެހިން ދަރިން ނޫން ކަމަށެވެ.ނޮވެމްބަރ 03 ގެ ހަނދާންތަކަކީ ދުވަހަކު ވެސް ދިވެހިންގެ ހިތުން ފިލައިގެން ދާނެ ހަނދާންތަކެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި. ލުތުފީ ރާއްޖެ ނުގެންނަ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް ޞާލިހްވަނީ ލުތުފީ ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ