ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި މާސްޓާސް ފެންވަރު ހުންނަން ޖެހޭ – މެމްބަރު އާދަމް ޝަރީފް

ސުޕްރީމް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ކިބައިގައި އެންމެ ދަށްވެގެން މާސްޓާސް ފެންވަރު ހުންނަން ޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
 
ސުޕްރީމް ކޯޓަށް އިތުރުކޮށްފައިވާ ދެ ފަނޑިޔާރުން ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް ސޯލިޙް ޖޭ.އެސް.ސީގެ ލަފާއަކަށް އެދިލެއްވުމުން ޖޭ.އެސް.ސީންވަނީ އެކަމަށް ލަފާދެއްވާފައެވެ.
 
އެހެންނަމަވެސް ރާއްޖޭގެ ދީނީ ފަތުވާ ދޭ މަޖިލީހުންނާއި ގިނަ ދީނީ ޢިލްމުވެރިންވެސް އަންނަނީ މިކަމަކީ ދީނީ ގޮތުން ކުރުން ހުއްދަކަމެއް ނޫންކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ