މޫސުން ގޯސް ވުމުގެ ސަބަބުން ބައެއް އަތޮޅުތަކައް ވައިޓް އެލަރޓް ނެރެފި

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓްނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓްނެރެފައިވަނީ ލ. އަތޮޅުން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ. ވައިިޓް އެލާޓް ނެރެފައިވަނީ މިއަދު ހެދުނު 10:30 އިން މެންދުރު ފަހު 15:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް މީޓްރޮލޮޖިކަލް ސެންޓަރުންނާއި ދިފާއީ ބާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ