ވައްކަމުގެ މައްސަލައެއްގައި ހިތަދޫ މީހަކު އެބަ ހޯދާ

ވައްކަމުގެ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދުމަށޤ ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ އުމުރުން 38 އަހަރުގެ ސ. ހިތަދޫ ޚަރުދަލުގޭ އަބްދުﷲ މަނިކުފާނު ކަމަށެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ އަބްދުﷲ މަނިކުފާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އެ ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ