ޕީއެމް ނަރެންދްރާ މޯދީ ރިލީސްކުރުން އޭޕްރިލް 12 ގައި

އިންޑިއާގެ ގައުމީ އިނާމު ލިބިފައިވާ ޑައިރެކްޓަރު އޯމުންގް ކުމާރު ބީ ޑައިރެކްޓް ކުރާ ފިލްމު ޕީއެމް ނަރެންދްރާ މޯޑި ރިލީސް ކުރުން އޭޕްރިލް 12 އަށް ހަމަޖައްސައިފިއެވެ.
ފިލްމަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެގޮތުން މޯދީ ގުޖުރާތުގައި ޗީޕް މިނިސްޓަރަކަށް އުޅުނު ދުވަސް ވަރާއި 2014 ވަނަ އަހަރު އިންތިހާބުގެ ބޮޑު ކާމިޔާބީއާއި އެންމެ ފަހުން ބޮޑު ވަޒީރަކަށް ވުމަށް ކުރި ދަތުރު މި ފިލްމުން ފެނިގެން ދާނެ ކަމަށް ވެއެވެ.
ފިލްމުގެ ޝޫޓިން އަހްމެދްއާބާދު، ކުޗް ބާޖް އަދި އުއްތަރުކާންދުގައި ކުރުމަށްފަހު އެންމެ ފަހުގެ ޝޫޓިންތައް މިދުވަސްވަރު ދަނީ މުމްބާއީގައި ކުރަމުންނެވެ.
ފިލްމުގެ ޕްރޮޑިއުސަރު ސަންދިޕް ސިންގު ބުނި ގޮތުގައި މި ފިލްމަކީ ވަރަށް ހާއްސަ ވާހަކަ އަކަށް ހަދާ ފިލްމެއް ކަމަށާއި މިއީ ކޮންމެހެންވެސް ކިޔައިދޭން ޖެހޭ ވާހަކަ ތަކެއް ކަމަށެވެ. އަދި ފިލްމުން ބެލުންތެރިންނަށް އިންސްޕިރޭޝަން ލިބޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް ސަންދީޕް ބުނެފައިވެއެވެ.
ފިލްމުގައި މޯދީގެ ރޯލުން ފެނިގެން ދަނީ ބޮލީވުޑްގެ މަގްބޫލު ބަތަލެއްކަމަށްވާ ވިވެކް އޯބްރޯއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ