އުރީދޫގެ އީސިމް ހިދުމަތް އެލް ސްޓޫޑިއޯއިން ގަންނަ އެޕަލް ގަޑިތަކަށް 6 މަސް ދުވަހަށް ހިލޭ

އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރާ ގުޅިގެން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އީ-ސިމް ހިދުމަތް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
އުރީދޫއިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެއެވެ.
މި ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރެވޭނެ ކަމަށް ވެއެވެ. އަދި މި ފަސޭހަ ކަނެކްޓިވިޓީގެ ސަބަބުން ކަސްޓަމަރުންގެ ދުވަހީ ދިރިއުޅުމުގެ ކަންކަމާއި، ކަސްރަތު ކުރުމާއި، ދަތުރުފަތުރު ކުރުމާއި، ބޭރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.
މިއީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކަށް ލިބުނު މުހިންމު ކުރިއެރުމަކަށްވާއިރު ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސްއެވެ. މިއާއެކު، ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ތަޖުރިބާތައް ރާއްޖޭގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެއެވެ. އަދި އުރީދޫ ގްރޫޕުގެ ތެރެއިން އެޕަލް ވޮޗްގެ މި ޒަމާނީ އީ-ސިމް ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެއެވެ.
ހަ މަސް ދުވަހުގެ މި ޕްރޮމޯޝަން މުއްދަތު ހަމަވުމަށްފަހު، މަހަކު 199 ރުފިޔާ ދައްކައިގެން ކަސްޓަމަރުންނަށް މި ހިދުމަތް މެދުނުކެނޑި ބޭނުންކުރެވޭނެއެވެ.
މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލް މޮބައިލްގެ އެލް ސްޓޫޑިއޯ ފިހާރަ (އެޕަލް މޮނޯ ސްޓޯރުން) ގަންނަ އެޕަލް ވޮޗްތަކަށެވެ. އެހެންކަމުން އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކާއި އުރީދޫގެ ޒަމާނީ ކަނެކްޓިވިޓީ ހިދުމަތް އެއްތަނަކުން ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްއިން އަންނަނީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، ކަސްޓަމަރުންނަށް ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނަކުވެސް ގުޅިފައި ތިބުމަށް މަގުފަހިކޮށްދޭ އީޖާދީ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ތައާރަފުކޮށް ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ