ކޯލިޝަން ސަރުކާރު ދަމަހައްޓަން އެމްއާރްއެމް އިން އެއްބާރުލުން ދޭނަން: ރައީސް މައުމޫނު

ކޯލިޝަން ސަރުކާރު ދަމަހައްޓަން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އެއްބާރުލުން ދޭނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުުގައި ސަރުކާރުން ކުރިއަށް ގެންދާ ތަފާތު މަޝްރޫއުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އޭރުގެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްނުކޮށް މަޖިލީހުން ލަސްކުރާތީ، ކޯލިޝަންގެ އެއް ލީޑަރުކަމަށްވާ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ