ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރުމަށް ނިންމައިފި އެވެ.
ކަމާލުއްދީން ވިދާޅުވީ އެގޮތަށް އަމަލު ކުރުމަށް ނިންމާފައިވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެފައިވަނީ އެ ޕާޓީގެ އެއްވެސް މައްސަލަތަކެއް ހުރެގެން ނޫން ކަމަށެވެ.
އެގޮތުން މައުމޫނަށް ތާއީދު ކުރުމަށް ނިންމާފައިވަނީ އެމަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތަށް ތާއީދު ކުރާތީ ކަމަށެވެ. އަދި އެގޮތުން ކުރިއަށް ދާން ބޭނުންވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީނަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި މައުމޫނުގެ އަރިހުގައި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އެ ދައުުރުގައި އަބްދުﷲ ކަމާލުއްދީން ވަނީ ސަރުކާރަށްވެސް މަސައްކަތް ކުރައްވާފައެވެ.
އަބްދުﷲ ކަމާލުއްދީން، މައުމޫނަށް ތާއީދުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ