ފައިވާނުގެ ތެރޭގައި ޑްރަގު ފޮރުވައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި ބްލެޓް ސައިޒުގެ ހަތް ޕެކެޓާއެކު މިއަދު މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މިއަދު 14:15 ހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް މ. ބުލެކިޔާ ހިނގުމުގައި ހުންނަ ޝޮޕް ވައިޒް ފިހާރަ ކައިރިން އެމީހާ ހިނގާފައި ދިޔައިރު ޢަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ހަތް ޕެކެޓް އެމީހާ އަތުން ފެނިފައިވަނީ ހައްޔަރުކޮށް ބަލާ ފާސްކުރި އިރު އަރައިގެން ހުރި ފެންފައިވާން ކަފާލައި ފައިވާން ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ