ކުރީގެ ސަރުކާރުން ދައުލަތަށްވި ހިޔާނާތްތައް ބަލަން ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް މައުލޫމާތު ހޯދަން ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކަށް ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓުން 2010 ވަނަ އަހަރު 21.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ދެހާސް ދިހަވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކޮމިޝަނަށް މައުލޫމާތު ހޯދުމަށް ކުރި ޚަރަދުގެ އެއްވެސް ތަފުސީލެއް އެނގޭކަށް ނެތެވެ. އެ ރިޕޯޓްގައިވާ ގޮތުން ރިޔާސީ ކޮމިޝަނުގެ ލިޔެކިޔުންތައް ބެލުމަށް އޮޑިޓް އޮފީހުން އެކިފަހަރު މަތިން ކުރި މަސައްކަތުން ވެސް އެލިޔެކިޔުންތައް ސަރުކާރުން ދައްކާފައިނުވުމާއި، އޮޑިޓް އޮފީހަށް އެލިޔެކިޔުންތައް ފެނިފައިވަނީ ނަޝީދުގެ ސަރުކާރުގެ ބަދަލުވުމަށްފަހު 2012 އަހަރުގެ މާރޗް މަހުގެ ތެރޭގަ އެވެ.
މީގެ އިތުރުން ވެސް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުން ކުރައްވަމުން ގެންދަވަނީ ކޮން މަސައްކަތެއް ކަން އެނގެން ނެތި އެފަދަ ފަރާތްތަކަށް ފަރާތްތަކަށް ޚަރަދުކޮށްފައިވުންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ކޮންސަލްޓެންސީ ފީގެ ގޮތުގައި އެއް މިލިޔަން ހަސަތޭކަ ފަސްދޮޅަސް ތިންހާސް ތިންސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ދައުލަތުގެ ފައިސާއިން ޚަރަދުކޮށްފައިވާއިރު އައްޔަން ކުރައްވާފައިވާ ބައެއް ކޮންސަލްޓަންޓުން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށް އޮޑިޓަ ޖެނެރަލް ވަނީ ފާހަގަކުރައްވާފއި ވެއެވެ.
ކޮންސަލްޓެންސީ ފީގެ ތެރެއިން ހަތަރުލައްކަ ސާދަހާސް ސަތޭކަ އަށްޑިހަ ހަ ރުފިޔާ ޚަރަދުކޮށްފައިވަނީ ރިޔާސީ ކޮމިޝަނަށް އައްޔަން ކުރެއްވި ފަސްބޭފުޅެއްގެ މުސާރައަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.
ދެހާސް ދިހަވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ރާއްޖޭއިން ބޭރަށް ކޮށްފައިވާ ދަތުރުތަކަށް ނުވަމިލިޔަން އަށްސަތޭކަ ނަވާރަހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ޚަރަދު ކޮށްފައިވާއިރު މި ދަތުރުތަކުން ހާސިލްވެފައިވަނީ ކޮންކަމެއް ކަން އެނގޭކަށް ނެތެވެ.
އަދި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2010 ވަނަ އަހަރު ރައީސް އޮފީހަށް ކަނޑައަޅުއްވާފައިވާ 101.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް 7.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި އެ ފައިސާ ހަރަދުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ދޫކޮށްގެނެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް މައުލޫމާތު ހޯދަން ބޭރުގެ ދެ ކުންފުންޏަކަށް 21.9 މިލިއަން ރުފިޔާ ހަރަދު ކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ