މޫސުން ގޯސްވުމުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ފަސްކޮށްފި

މޯލްޑިވިއަން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމް ކޮށް ރޭ ބޭއްވުމަށް ހަމަޖެއްސި މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2013 މޫސުމް ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ސްޕޮންސާކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ މި އެވޯޑް ހަފްލާއަށް އިނާމު ލިބޭ ފަރާތްތަކާއި ދައުވަތު ދެވުނު ހުރިހާ ފަރާތްތައް އިހްތިފާލްގައި ބައިވެރިވުމަށްޓަކައި އޮޅުވެލި ރިސޯޓްގެ ހުޅަނގު ދެކުނު ފަރާތުގައި ތައްޔާރު ކުރެވިފައިވާ ހަފްލާއަށް ދިޔައިރުވެސް މޫސުމާއި މެދު ބައިވެރީން ގެންދިޔައީ ވާހަކަ ދައްކަމުންނެވެ.
އަދި ހަފްލާ ފެށުމަށް ތައްޔާރުވި ވަގުތު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކެންސަލް ކުރަން ޖެހުނު ހަފްލާ އެ ރިސޯޓްގެ ބާގައި ކުރިޔަށް ގެންދިއުމަށް ނިންމި ނަމަވެސް އިންތިޒާމުތައް ހަމަޖެއްސުމުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭނެތީވެ މިއިވެންޓް އޮގަނައިޒް ކުރާ ހައިރައިޒް އިން އިއުލާންކުރީ މި އެވޯޑް ނައިޓް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.
މިއަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީ ތަކުގެ ތެރޭގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ޓްރެވަލް ޓެކްނޯލޮޖީ، ހޮޓެލްސް، ސީއެސްއާރު، ރިޒޯޓްސް، ލައިވްބޯޑްސް އަދި މުޅިން އަލަށް އިތުރު ކުރެވުނު ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ.
ޖުމްލަ 23 ކެޓަގަރީއަކުން މިއަހަރުގެ އެވޯޑް ނައިޓްގައި އެވޯޑް ދިނުމަށް ހަމަޖައްސާފައިވާއިރު، ކެޓަގަރީ ތަކުގެ އެވޯޑްތަކަށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ އެކި ހިސާބު ތަކުން 116000 މީހުން ވޯޓު ދީފައިވާ ކަމަށް މަޓާޓޯ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ