ރައީސް މައުމޫނު ޓީމުގެ ބައެއް ބޭފުޅުން ދަތުރުކުރެއްވި ކާރަށް ގާއުކައިފި

ޕީޕީއެމުން އައްޑޫ އަތޮޅު ހިތަދޫގައި ބޭއްވި ޖަލްސާއަށް ވަޑައިގެންނެވި ޕީޕީއެމުގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނު އަރިހުގައި ވަޑައިގެންނެވި ބައެއް ބޭފުޅުން ދަތުރުކުރެއްވި ކާރަށް ގާއުކައިފި އެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާއުކާފައިވަނީ ލިންކު ރޯޑުގެ ފޭދޫއާ ވީހިސާބުންނެވެ. ޕީޕީއެމްގެ ވަފުދު ދަތުރު ކުރަމުން ދިޔަ މޯޓަކޭޑަށް ގާއުކުމުގެ ސަބަބުން ކާރެއްގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ އިރު، ފުލުހުންގެ ވެހިކަލަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިމައްސަލާގައި ފުލުހުންވަނީ ހަމީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ފޭދީ ކައުންސިލް މެމްބަރު އަހުމަދު މިރުޒާދާއި އޭނަގެ ބައްޕަ ވެސް ހިމެނޭ ކަމަށް ސީއެންއެމަށް މައުލޫމާތު ލިބިފައިވެއެވެ.
ފޭދޫން ވާހަކަ ދެއްކީ އެމްޑީޕީގެ އިސް އޮފިޝަލު ވިދާޅުވީ މާލޭގައި ކުރަމުންދާ މުޒާހާރާއާ ގުޅިގެން ފޭދޫގައި އަޑުއުފުލަމުންގެންދާކަމަށާއި އެރަށުގައި ހިނގި ހަމަނުޖެހުންތަކަށްފަހުން ފުލުހުންގެ ބަޔަކު އެމްޑީޕީ ހަރުގެއަށް ގެއްލުންދީފައިވާކަމަށެވެ. އެމްޑީޕީގެ ވިސްނުމުގައި ހަރަކާތްތެރިވާ މީހުންގެ ހަރަކާތް ހުއްޓުވަން ފުލުހުން މަސައްކަތް ކުރާކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ