އައްޑު އާއި ފުވައްމުލަކުގެ ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދޭން ފަށަނީ

އައްޑު އާއި ފުވައްމުލަކަށް ބަހުގެ ހިދުމަތް ދޭ އިރު، ވަރަށް ބޮޑު އިސްކަމެއް ދީގެން ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. އެ ކުންފުނީގެ ދަށުން ހިންގާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އަދި ދެކުނުގެ ދަތުރުފަތުރުގެ ކަންތައްތަކާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) މިއަދު ވިދާޅުވީ އައްޑު އާއި ފުވައްމުލަކުގައި އަންނަ މާޗް މަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފަށާނެ ކަަމަށެވެ. އޭނާ ވިދާޅުވީ އެކަމަށް ބޭނުންވާ އެއާކޮންޑިޝަން 13 ބަސް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަންނަ މަހުގެ ފަހުކޮޅު ބަސްތައް އަންނާނެ ކަމަށެވެ. މެޓްރިކްސް މޯޑް: އޭނާ ވިދާޅުވީ އަންނަ މަހުގެ ފަހުކޮޅު ބަސްތައް އަންނާނެ ކަމަށް. ހަވީރު ފައިލް ފޮޓޯ "އެހެންވީމާ މާޗް މަހުގެ ތެރޭގައި އަޅުގަނޑުމެން ހިދުމަތް ފަށާނަން. މިހާރު މި އަންނަނީ ހިދުމަތް ދޭނެ އަގުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުން،" މޯޑް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްކޫލް ކުދިންނަށް ދޭ ބަހުގެ ހިދުމަތާއި އާންމުންނަށް ދޭ ހިދުމަތުގައި އަގުގެ ތަފާތުތަކެއް ހުންނާނެ ކަމަށެވެ. "ވީހާ ވެސް ލުއިކޮށް އަދި ފަސޭހަކޮށް މި ނިޒާމުގެ ބޭނުން ކުރެވޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތައް ހަމަޖައްސާނީ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން ވަކިން އޮންނަ ހުޅުމީދޫގެ ސްކޫލް ކުދިންނަށް ވެސް ބަހުގެ ހިދުމަތް ދޭނެ،" މޯޑް ވިދާޅުވި އެވެ. އައްޑު އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް އެމްޕީއެލްއާ ހަވާލުކޮށްފައިވާ އިރު، ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައި ވަނީ ޑިސެމްބަރު 20، 2015 ގަ އެވެ. ވީހާ ވެސް ލުއިކޮށް އަދި ފަސޭހަކޮށް މި ނިޒާމުގެ ބޭނުން ކުރެވޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތައް ހަމަޖައްސާނީ،--މޯޑް އެ ދުވަހު ހިދުމަތް އިފުތިތާހުކޮށް ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވީ ސްކޫލް ކުދިންނަށް އެމްޕީއެލުން ބަހުގެ ހިދުމަތް ދޭނެ ކަަމަށެވެ. ހިތަދޫގެ އަމިއްލަ ފަރާތަކުން މިހާރު ވެސް އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ