ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އޭސީސީއަށް ލިބިގެން ނުވާ ކަމަށް ސްޕްރީމު ކޯޓުން ކަނޑައަޅާފައިވާ ބާރުތައް ހޯދާ ދިނުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިގޮތަށް ގޮވާލައްވާފައިވަނީ އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ އާޓިކަލްއެއްގައެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ތައާރުފު ކުރަންޖެހޭ ގާނޫނުތަކަށާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ސިޔާސީވެރިންގެ މެދުގައި މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެން ކަމުން އެންމެ އިސްކަމެއްގެ ގޮތުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ގާނޫނީ ބާރު އެކޮމިޝަނަށް ހޯދާ ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ.
އަދި ލީޑާސް ޑައިލޮގުގެ ތެރޭގައި އޭސީސީއަށް ބާރު ދިނުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިއްޖެ ނަމަ އަދި އެމަސައްކަތް ކުރުމަށް ސިޔާސީ ލީޑަރުން އެއްބަސްވެވަޑައިގެންފި ނަމަ މާ ގިނަ ދުވަސްތަކެއް ނުވެ އޭސީސީއަށް އެމަގު އަނެއްކާ ވެސް ފަހި ވެދާނެއެވެ.
މަޝްހޫރު ގާނޫނީ ވަކީލު ނަޝީދު ލަފާ ދެއްވާ ގޮތުގައި ގާނޫނީ ބާރު އެކޮމިޝަނަށް ނުދީ އެމައްސަލަތައް ހައްލު ކުރެވެން އޮތީ ދައުލަތުގެ މުއައްސަސާތަކުން އޭސީސީއަށް އެއިހްތިސާސް ދިނުމެވެ. އެއީ ގާނޫނީ ގޮތުން އެފަދަ ބާރެއް އޭސީސީއަށް ލިބިގެން ނުވި ނަމަވެސް އޭސީސީގެ އެފަދަ އެންގުންތަކަށް މުއައްސަސާތަކުން އަމަލު ކުރުމެވެ.
ސްޕްރީމު ކޯޓުގެ ހުކުމުގެ ސަބަބުން އޭސީސީން ހުއްޓުވާފައިވާ ބައެއް ބޮޑެތި މަޝްރޫއުތައްވަނީ އަލުން ފަށާފައެވެ.
ލީޑާސް ޑައިލޮގުގެ ތެރެއިން އޭސީސީއަށް ގާނޫނީ ބާރު ހޯދާ ދެވިދާނެ:ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ