ރުކަކުން ވެއްޓި މީހެއްގެ ފަޔަށް ދޮރުކަންޏެއްގެ ބައެއް ވަދެއްޖެ

ހއ. ހޯރަފުށީގައި މިއަދު މީހަކު ރުކަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ހޯރަފުށިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް މިރޭ ބުނީ އެރަށު ސަން ރޭ، ހަސަން ރަޝީދު، 24، ދިގު ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި ޖެހުނީ އެތާ ކައިރީގައި ހުރި ފުޅަފެއްގެ މައްޗަށް ކަަމަށެވެ. އެ ހާދިސާގައި އޭނާގެ ވައަތު ފަޔަށް، ވަރަށް ފުންކޮށް ލަކުޑިގަނޑެއް ވަދެފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަސަންގެ ފަޔަށް ވަދެފައި ހުރީ ދޮރުކަންޏެއްގެ ބައެކެވެ. މައުލޫމާތު ދިން މީހާ ބުނިގޮތުގައި އެއީ ފުޅަފުގައި މުޑިއެއްގެ ގޮތުގައި ބޭނުންކޮށްފައި ހުރި ދޮރުކަންޏެކެވެ.
ރުއްރުކުން މީހުން މީގެ ކުރިން ވެސް ވެއްޓި އެކި ވަރުގެ ހާނިއްކަތައް ލިބިފައި އެބަހުއްޓެވެ. އެކަމަކު މިހާ ބޮޑު، މިކަހަލަ ޒަހަމެއް ލިބުނުކަން މީގެ ކުރިން އެނގިފައެއް ނުވެ އެވެ.
ހަސަން ރަޝީދުގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ. އެކަމަކު އޭނާގެ ފަޔަށް ވަދެފައިވާ ލަކުޑިގަނޑު ނެގުމަށް ޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިިއޭޓަރަށް މިހާރު ވައްދާފައިވާ ކަަމަށް ވެސް ހޯރަފުށިިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ހާދިސާއާ ބެހޭ މާ ގިނަ ތަަފްސީލުތަކެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ