މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތް: މައުމޫން

މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެއަށް މިއަދުގެ އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭނެ ކަމަށެވެ. އެހެންކަމުން މިއަދު ރާއްޖެއަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.
މިއަހަރުގެ ރޯދަ މަސް ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ފަލަކީ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ލަފާ ކުރެވެނީ 30 ރޯދަ ހަމަކުރުމަށްފަހު މިމަހުގެ 13 ވާ ބުރާސްފަތި ދުވަހެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރު މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ