ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރަމުންދާތީ ސަމާލުވުމަށް އެދެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކަކަށް ދަނީ އުދަ އަރަމުން ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފިއެވެ.
އެގޮތުން ހއ ހޯރަފުށި، ހއ އުލިގަމު، ހއ ތުރާކުނު، ހއ ދިއްދޫ، ށ މިލަންދޫ، ށ ފުނަދޫ، އަދި ށ ފުނަދޫ އަށް އުދަ އަރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ހާމަކުރެއެވެ. މީގެ އިތުރުން ހއ ހޯރަފުއްޓަށް ގަދަވަޔާއި އެކު އުދައަރައިގެން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލާ ފުލުހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އިތުރު އެހީތެރިކަން ބޭނުންވެދާނެ ފަދަ ހާލަތެއްގައި އެމްއެންޑީއެފްގެ ނޮދަރން އޭރިއާއިން ވަނީ ތައްޔާރުވެފައި ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. 12މެއިގާ އައްޑޫއަށް ކުރި ވިއްސާރައިގަ ފެންބޮޑުވި 176ގެއަކަށް އެމްއެންޑީއެފުގެ ސަދަން އޭރިއާއިން އެހީ ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
Articl Inline Image
އަދި 12 މެއިގައި ކުރި ވިއްސާރައިގާ ފުވަށްމުލަކުގެވެސް 270 ގެއަކަށް ފެނުގެ އަސަރު ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ