ކަރަންޓު ކޭބަލްތަކެއްގަ ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ކަރަންޓު ކޭބަލްތަކުގަ ރޯކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 13:15 ހާއިރު ހދ. ކުޅުދުއްފީ ގަ އަލިފާނުގެ ހާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެ ހާދިސާ ހިނގީ އެގޭގައި ދިރިއުޅޭ 22 އަހަރު މީހަކު އަމިއްލައަށް ކަރަނޓު ކޭބަލްތަކެއްގައި ރޯކޮށްލުމުން ކަމަށް ފުލުހުން ބުނެއެވެ.
އެ ކޭބަލްތަކަކީ އެނާ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ އެތަކެތީގަ ރޯކޮށްލީ ކޭބަލްތަކުގެ ބޭރުގައި އިންނަ ރަބަރު ތޮށިގަނޑު ނައްޓާލުމަށްކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޭބަލްތެރޭގައި ހުންނަ ލޮއި ވިއްކުމަކީ މީހުން ކޮށްއުޅޭކަމެކެވެ.
ސިފައިން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގަ އަލިފާންގަނޑު ނިއްވާލާފައެވެ. އަދި އަލިފާން ރޯކުރި މީހާ ފުލުހުން ވަނީ ހައްޔަރުކޮށް ތަހުގީގު ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ