މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވައިދު ވަރަށް އަަވަހަށް ގެޒެޓްކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ހޭޔަންބޯ" ޝޯގައި ހޯމް މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް އެޓާނީ ޖެނަރަލްގެ އޮފީހުން ކުރަމުންދާ ކަމަށާއި އެ ގަވާއިދު ވަރަށް އަވަހަށް ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރާނެ ކަމަށެވެ.
މީހަކު މެރުމަށް ދަށު ކޯޓަކުންކޮށްފައިވާ ހުކުމެއް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މި ސަރުކާރުން، މަރުގެ ހުކުމް ތަންފީޒުކުރުމުގެ އެންމެހާ ކަންތައް ހަމަޖެއްސުމުގެ އަމުރު ކަރެކްޝަނަލް ސާވިސަސްގެ މައްޗަށް ނެރުނީ، ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހަމަޖައްސަން އަމުރު ނެރުމުގެ ކުރިން ވެސް ރައީސްގެ ލަފާ ހޯއްދެވި ކަމަށް އުމަރު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު، އެކަން ކުރިއަށް ގެންދަން ކެބިނެޓުން ވަނީ ރައީސަށް ލަފާ އަރުވައިފަ އެވެ. ކެބިނެޓުން ލަފާ ދީފައި ވަނީ މަރުގެ އަދަބު ދިނުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރުމަށެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވައިދު ވަރަށް އަވަހަށް ގެޒެޓްކުރާނެ – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ