ވެލެންސިޔާ މައްޗަށް ކުރި ހޯދާ ސޮކަރ ވެޓެރަންސް ފެށުން ރަނގަޅު ކޮށްފި

މިހާރު ކުޅެމުންދާ ވެޓެރަންސް ކަޕުގައި މިއަދު ކްލަބް ވެލެންސިޔާގެ މައްޗަށް ކުރިހޯދާ މުބާރާތުގައި އަލަށް ވާދަކުރާ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގްރޫޕުގެ ދެވަނަ މަގާމަށް އަރައިފިއެވެ.
މިއަދު ހަވީރު ކުޅެވުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި ސޮކަރ ވެޓެރަންސްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ މުހައްމަދު ނިޒާމެވެ. މި މެޗުގެ މޭން އޮފް ދަ މެޗުކަންވެސް ކާމިޔާބުކޮށްފައިވަނީ ނިޒާމެވެ.
މި މުބާރާތުގައި ޖުމްލަ 8 ޓީމް ބައިވެރިވާއިރު މިއަދު މި ކުޅުނު މެޗާއެކު މި ހުރިހާ ޓީމެއްވެސް އެއް މެޗު ކުޅެފައިވާއިރު މި ދެ ޓީމް ހިމެނޭ ގްރޫޕުގެ އެއްވަނާގައި އޮތީ އިއްޔެ އޭ ވައި އެލްގެ މައްޗަށް 6 – 0 ން ކުރި ހޯދި ދިވެހި ސިފައިންގެ ކްލަބެވެ. ދެވަނާގައި ސޮކަރ ވެޓެރަންސް ބައްދަލު ކުރާއިރު 3 ވަނާގައި އޮތީ ވެލެންސިޔާއެވެ. އަދި ގްރޫޕުގެ އެންމެ ފުލުގައި އޮތީ އޭ ވައި އެލްއެވެ.
މި މުބާރާތުގައި މާދަމާވެސް މެޗެއް ކުޅޭ އިރު މާދަމާ ކުޅޭނީ ފުރަތަމަ ގްރޫޕުގެ ދެ ޓީމްކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ