މަސީހު މަގާމުން ދުރުކުރާކަށް މަސައްކަތެއް ނުކުރަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ނުގެންދާކަމަށާ އެ މަސައްކަތް ކުރައްވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށް ހުށައެެޅުމަށް ބައެއް މެންބަރުން މަސައްކަތް ކުރަމުންދާ ވަގުތެއްގައި އެކަމުގެ ތުހުމަތު ގާސިމް އިބްރާހިމަށް ބައެއް ފަރާތްތަކުން ކުރެއްވުމާއި ގުޅިގެންނެވެ.
ގާސިމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަސީހު މަގާމުން ވަކި ކުރާކަށް ޖުމްހޫރީ ޕާޓީންވެސް އަދި އެމަނިކުފާނުވެސް މަސައްކަތް ކުރައްވަމުން ނުގެންދަވާކަމަށެވެ. އަދި މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ދައްކަވާފައިވާ ވާހަކަތައް ދޮގުކުރައްވާކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ