ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިގެންފައިނުވާތީ، އުސޫލެއްގެ ގޮތުން ބެލެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިލައިގެން އުޅޭކަމުގައި ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލު ވިދާޅުވި ގޮތުގައި ގާސިމް އަނބުރާ ރާއްޖެ ގެނައުމަށް އުސޫލުގައިވާ ގޮތުގެ މަތިން އަމަލުކުރާނެ ކަމަށާ އެގޮތުން އެކަން ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭނެކަމަށެވެ.
ގާސިމް ބޭސްފަރުވާއަށް ދިން މުއްދަތު އިއްޔެ ހަމަވެފައިވާއިރު، ގާސިމްގެ ވަކީލުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއްކަމަށް ކުރިންވެސް ކަނޑައަޅާފައިވާތީ އާއި ގާސިމްގެ މެޑިކަލް ސްޓޭޓަސްއަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އޭނާއަށް އިއްޔެވެސް ދަތުރު ނުކުރެވޭނެކަމަށް އަނގާފައިވާ ކަމުގައެވެ.
ގާސިމް ސިންގަޕޫރުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ދާދިފަހުން އޭނާގެ ހިތުގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައިވެއެވެ. ނަމަވެސް ގާސިމްގެ ބަލި ޙާލަތު އަދިވެސް ރަނގަޅު ނުވާކަމަށް ޖުމްހޫރީ ޕާޓީން ދަނީ ބުނަމުންނެވެ.
ގާސިމްގެ ބޭސްފަރުވާއަށް ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ލަފާދިނުމާ ގުޅިގެން، ކަރެކްޝަންސް އިން އެންމެ ފުރަތަމަ އޭނާއަށް ދިން 10 ދުވަހުގެ މުއްދަތު މިދިޔަ މަހުގެ 16 ވަނަ ދުވަހަށް ހަމަވިއިރު، އޭގެ ފަހުންވެސް ދެފަހަރެއްގެ މައްޗަށް ގާސިމަށް ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައެވެ.
އުސޫލެއްގެ ގޮތުން ބެލެވޭނީ ގާސިމް ފިލައިގެން އުޅޭކަމަށް- ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ