ބުރާސްފަތި ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުން އާންމުކުރި މި ގުޅިފައިވާ ބަޔާނުގައި ބައިވެރިވެފައިވަނީ ޕާކިސްތާން، ތުރުކީ، މިޞްރު، އިންޑޮނޭޝިއާ، އުރުދުން (ޖޯޑަން)، ޤަތަރު، ސަޢުދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އެވެ.
މީގެ އިތުރުން، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަސީރުންގެ ހާލަތާ މެދު މި 8 ޤައުމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަނިޔާކުރުމާއި، އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ އަމަލުތައް ހިންގުމާއި، ބަނޑަށްޖެއްސުމާއި، އަދި އަސާސީ ހައްގުތަކުން މަހުރޫމްކުރުން ފަދަ ކަންކަން ހިނގަމުންދާކަމުގެ ރިޕޯޓުތަކާ ގުޅިގެން ނުރައްކާތައް އިތުރުވަމުންދާކަމުގެ އިންޒާރު ދީފައިވެއެވެ.
އިސްރާއީލުގެ މަރުގެ އަދަބުގެ ބިލް އަށް ޤައުމަކުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ