ގާޒި އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފިއެވެ.
ގާޒީ އަހުމަދު ރަޝީދު މިއަދުން ފެށިގެން ސިވިލް ކޯޓަށް ބަދަލުކޮށްފައިވަނީ އަމިއްލައަށް އެދިގެން ކަމަށް އެނގިފައިވެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ބަލަން ފެށި މައްސަލައަކާއި ގުޅިގެން ސަސްޕެންޑުކޮށްފައި ހުންނެވި އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވަނީ މި މަހުގެ ތެރޭގައެވެ.
އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވަނީ ޖޭއެސްސީން އޭނާގެ މައްޗަށް ބެލި މައްސަލަ ސާބިތު ނުވުމުންނެވެ.
އެނގިފައިވާ ގޮތުގައި އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ ކްރިމިނަލް ކޯޓު ހިންގާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގެން ކޯޓުގެ ބައެއް ގާޒީންނާއި ދެއްކެވި ވާހަކައެއްގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ