ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ)ގެ އިސްނެގުމާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޒުވާނުންނަށްޓަކައި ކޮށްދެއްވަމުންދާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން "ޔާމީން 2018 ފުޓްސަލް ޗެލެންޖް" ގެ ނަމުގައި އައްޑޫ ސިޓީގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ ފޭދޫގައި ހުޅުވާފައިވާ ފުޓްސަލް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 8 ވަނަ ދުވަހު އެވެ.
ފޭދޫގައި ބާއްވާ ފުޓްސަލް މުބާރާތް އިންތިޒާމްކުރާ ފަރާތުން 'ވަގުތު ސްޕޯޓްސް' އަށް މައުލޫމާތު ދެމުން ބުނީ، އެ ރަށުގައި ބޭއްވޭ ފުޓްސަލް މުބާރާތުގެ މަގްސަދަކީ ފުޓްސަލް ދަނޑުގެ ބޭނުން ޒުވާނުން ރަނގަޅު ގޮތުގައި ހިފާ ފުޓްސަލްގެ ހުނަރު އަށަގެންނެވުމަށްޓަކައި ކަމަށެވެ. އަދި މިއީ ސިލްސިލާ މުބާރާތެއް ކަމަށާއި ކުރިއަށްއޮތް މުބާރާތްތައް ވެސް ވަރަށް ފޯރިގަދަވާނެ ކަމުގެ ޔަގީންކަން އެ ފަރާތުން ދެއެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިމުބާރާތުގައި 16 ޓީމު ބައިވެރިކުރާގޮތަށް ހަމަޖެހިފައިވެއެވެ.
މި ފެށޭ މަހު ކުރިއަށްދާ މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ 'ވަގުތު' އެވެ.
ބަކާގެ އިސްނެގުމާއެކު "ޔާމީން 2018" ގެ ނަމުގައި އައްޑޫ ސިޓީގައި ފުޓްސަލް މުބާރާތެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ