ރައްޔިތުންގެ ނިންމުން ނިންމައި އެ ނިންމުން އާންމު ކޮށްފި ކަމަށާއި އެ ނިންމުން ބަދަލު ކުރުމަށް ފުރުޞަތު ނުދެއްވާނެ ކަމަށް ކުރީގެ ރައިސް ރައިސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އެ ބަސް ހިނގަން ޖެހޭނެ ކަމަށާއި އެ ނިންމުން ދެމެހެއްޓުމަކީ ކޮންމެ ދިވެހިރައްޔިތެއްގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެއީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތައް ކަމަށްވާ ފުލުހުންނާއި ސިފައިން އަދި މިވަގުތު ގައުމުގެ ވެރިއެއްގެ ގޮތުގައި މިހާރު ހުންނެވި ރައީސް ޔާމިން އަބދުލް ގައްޔޫމުގެވެސް ވާޖިބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުތުމަށް ފަހު އަދި ގައުމަށް ހިދުމަތް ކުރުމުގެ އެއްވެސް ދާއިރާ އަކަށް ނުކުތުމަށް ފަހު އެއްވެސް މީހެއްގެ އަމިއްލަ ހައިސިއްޔަތެއް ނޯންނާނެ ކަމަށާއި ފުލުހުންނާއި ސިފައިން ރައިސް ޔާމިން އަދި އިންތިހާބީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހަކީވެސް މިއަދު އަމިއްލަ ހައިސިއްޔަތެއް އޮތް ބޭބޭފުޅުން ނޫން ކަމަށެވެ.. އެއިން ކޮންމެ ބޭފުޅަކީވެސް މިއަދު ރައްޔިތުން ތަމްސީލު ކުރައްވާ ބޭފުޅުން ކަމަށް، އެހެންވީމާ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަންތައްތައް ހިނގާނެކަން ޔަގީން ކުރުމަކީ އެއިން ކޮންމެ ބޭފުޅެއްގެވެސް ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނިމިދިޔަ އިންތިހާބުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށް އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރުމަށާއި ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ވަރަށް ރީތިކޮށް ކުރިޔަށް ގެންދިޔުމަށް ގޮވާލައްވާ 2008 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނުގެ އަމަލު ކުރެއްވި ގޮތް ރައީސް މައުމޫނު ވަނީ ހާމަކުރައްވާފައެވެ.
ޑިމޮކްރަސީގައި ކަންތައް ކުރަންވާ ގޮތަކީ އެންމެ ވޯޓަކުން ބަލިވި ކަމުގައި ވިޔަސް އެކަން ގަބޫލުކޮށް އެއްފަރާތައް ޖެހުން ކަމަށާއި މި އިންތިހާބުގައި 16 އިންސައްތައިގެ ތަފާތަކުން ނާކާމިޔާބު ވެވަޑައިގަތުމުން އެކަން ގަބޫލު ކުރެއްވުމަށް ރަައީސް މައުމޫނު ރައީސް ޔާމީނަށް އިލްތިމާސް ކުރެއްވި އެވެ.
ރައިސް މައުމޫނު ވިދާޅުވީ ގައުމުގެ ރައްޔިތުން އިތުރު ފިތުނައެއްގެ ތެރެޔަށް ވައްޓާނުލައްވާ ނަތީޖާ ގަބޫލު ކުރައްވައިގެން ހިނިތުންވުމާއި އެކު ފެއަށް ޖެހިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ ނިންމުން ބަދެލެއް ނުކުރެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ