މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އިތުރަށް ލަސްނުކޮށް ނިންމަން ޖެހޭކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި ވާހާކަ ދައްކަމުން މެމްބަރު ޖީހާން ވިދާޅުވީ “މިނިމަން ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއް. އެކަން އިތުރަށް ލަސްނުކޮށް މިއަދު ހުށަަހެޅި ބިލްގެ ޒަރިއްޔާއިން އަވަހަށް ނިންމަން ޖެހޭ” ކަަމަށެވެ.
“މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ކަނޑައަޅައި މިނިމަމް ވޭޖް ލިބޭނޭ ގޮތް އަދި އަޅުގަނޑުމެންގެ ވައުދު ފުއްދޭނޭ ގޮތް ފަހިކޮށް އިތުރު ލަސްތަކެއް މިކަމުގައި ނުގެންގުޅެ، މިހާރުން މިހާރަށް މި ގާނޫނުގެ ޒަރިއްޔާއިން މި ވައުދު ފުއްދަން ޖެހޭކަން އަޅުގަނޑު ގަބޫލުކުރަން،” ބިލާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖީހާން އިތުރަށް ވިދާޅުވިއެވެ.
ރާއްޖޭގައި މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އަދަދު އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް 4،000ރ-8،000ރ. އަށް ކަނޑައަޅަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެބިލުގައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައަޅާނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅުމަށްވަނީ ހުށައަޅާފައެވެ.
މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ