ހަވީރު ސަޔާ އެކު ކާލަންވީ ޕިޓާ ޕޭންގެ "ބޮޑު ހެދިކާ" އެއް

ހަވީރު ގަޑީގައި ރަހަ މީރުކޮށްލަން ދިވެހީންގެ ތެރޭގައި އަބަދު އެންމެ މަގުބޫލު އެއް ބާވަތަކީ އެކި ވައްތަރުގެ ހެދިކާއެވެ. ހޫނު ސަޔާއެކު ބަޖިޔާއެއް ނޫނީ މަސްރޮށްޓެއް ކައިނުލެވޭ ނަމަ ގިނަ ބައެއްގެ ދުވަސް ފުރިހަމައެއް ނުވެއެވެ. ކަށިމާ ހިނގުމުގައި ހުންނަ ޕިޓާ ޕޭން ރެސްޓޯރެންޓުން މިހާރު މިވަނީ ހެދިކާގެ ތަފާތު ވައްތަރުތަކެއް ތައާރަފުކޮށްފައެވެ. އާންމުކޮށް ހެދިކާ ހުންނަ ސައިޒަށްވުރެ ބޮޑެތިކޮށް ހުންނަ މި ހެދިކާ ހުންނަނީ ރަހަ ހެޔޮވަރުކޮށް ތައްޔާރުކޮށްފައެވެ. މިއީ ހަވީރު ސައި އެހާ ލުއިކޮށް ނިންމާލަން ބޭނުން ނުވާ މީހުންނަށް ވަރަށް ބަރާބަރު ގޮތެކެވެ. ވަކިން ހާއްސަކޮށް މެންދުރުގެ ކެއުން އެހާ ރަނގަޅަށް ނުދިޔަ ނަމަ "ބޮޑު ހެދިކާ" އަކުން އެކަން ފޫބައްދާލެވޭނެއެވެ. ޕިޓާ ޕޭންގެ ލައިވް ހެދިކާ ބަދިގެ މިހާރު ވެސް ގިނަ ބަޔަކު ހަވީރަށް މި ހެދިކާ ހޯދަން އެތަނަށްދެއެވެ. ޕިޓާ ޕޭން އިން ބުނީ ކޮންމެ ދުވަހަކު ވެސް ހަވީރު ތިނަކުން ހަޔަކަށް އެ ރެސްޓޯރެންޓުން "ބޮޑު ހެދިކާ" ލިބެން ހުންނާނެ ކަމަށެވެ. "ބޮޑު ހެދިކާ"ގެ ތެރޭ މިހާރު ލިބެން ހުންނަނީ ބަޖިޔާ، މަސްރޮށި އަދި ކަޓުލަހެވެ. މި ހުރިހާ ބާވަތްތަކުގެ އަގުތައް ވެސް ހުރީ އަތް ފޯރާ ފަށުގައެވެ. އެގޮތުން، ބަޖިޔާ އާއި ކަޓުލަސް ލިބެނީ އަށް ރުފިޔާ އަށެވެ. އަދި މަސްރޮށި ލިބެނީ 10 ރުފިޔާ އަށެވެ. މި ހެދިކާގެ އެންމެ ހާއްސަ ކަމަކީ ހެދިކާ ތައްޔާރުކުރެވޭ ގޮތެވެ. "ބޮޑު ހެދިކާ"އަށް އޯޑަރުދޭ މީހުންނަށް އެ ހެދިކާ ތައްޔާރު ކޮށްދެނީ ލައިވް ކިޗެން އެއްގައެވެ. އެހެން ކަމުން ޝެފް އެއްޗެހި ތައްޔާރުކުރާ މަންޒަރު އެ މީހުންނަށް ފެންނާނެއެވެ. އަދި ސުފުރާ މައްޗަށް އަންނާނީ ތާޒާކަން މަތީގައެވެ. ކޮންމެއަކަށްސް ހެދިކާއަށް ލޯބިކުރާ މީހުންނަށް ޕިޓާ ޕޭންގެ "ބޮޑު ހެދިކާ" ވާނީ މުޅިން ތަފާތު ތަޖުރިބާއަކަށެވެ. ޕިޓާ ޕޭން އަކީ އާއިލީ ބައްދަލުވުންތަކަށް އެކަށޭނަ، މަގުބޫލު ރެސްޓޯރެންޓެކެވެ. އަދި އެތަނުގެ ލައުންޖަށް އަންނަނީ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ