އަޑިއަށްދިޔަ ”އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ސާމާނު އޮޔާ ދާނެތީ ސަމާލުވާން އެދިއްޖެ

މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް އިއްޔެ އަޑިއަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. 
8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު އިއްޔެ އަޑިއަށް ދިޔައީ ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެގެންނެވެ.
ބޯޓު އަޑިއަށް ދިޔައީ، ކ.ރިވިވެލި ކަނޑުއޮޅި ކައިރިއަށެވެ. 
އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ރޭ 10:52 ހާއިރު މާލެ ގެނެސްފައެވެ. މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައެވެ.
އެ މުދާ އުފުލާ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާދާނެ، ކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ