ޑޮލަރެއް ވިއްސަށް: "މިއީ ގަވަރުނަރުގެ ނާގާބިލުކަމާއި ސިޔާސަތު ގޯސްކަން"
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވިހިރުފިޔާއަށް އުފުލުނީ މަރުކަޒީ ބޭންކު، އެމްއެމްއޭގައި މިވަގުތު ހުންނެވި ގަވަރުނަރު، އަދި އެ މަނިކުފާނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހްމަދު މުނައްވަރުގެ ނާގާބިލްކަމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެއެވެ. ޑޮލަރުގެ އަގު ކަޅުބާޒާރުގައި 20 ރުފިޔާއަށް އުފުލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ވިދާޅުވީ، އޭގެ ސަބަބުން އިގްތިޞާދަށާއި، ކޮންޒިއުމާ މާކެޓު ކަމަށްވާ، އާންމު ފަރުދުން މުދަލާއި ޚިދުމަތް ގަތުމަށް ކުރާ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރަމުން އަންނަ ކަމަށެވެ. https://sun.mv/208471 އަދި ރާއްޖޭގެ ބޭރުގެ ދަރަނި ހުރި މިންވަރާއެކު، މި އަހަރު ދަރަންޏަށް 500 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭކަން ފާހަގަކުރައްވައި ވެސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ ޑޮލަރުގެ އަގު 20 ރުފިޔާއަށް ބޮޑުވުމަކީ މުނައްވަރުގެ ނާގާބިލްކަމާއި، ބޭރު ފައިސާއާ ގުޅޭގޮތުން އެމްއެމްއޭއިން އެކުލަވައިލައިފައިވާ ސިޔާސަތުތަކުން މާ ބޮޑު ހެޔޮ އަސަރެއް ނުކުރާކަން ހާމަވާ ކަމެއް ކަމަށެވެ. https://sun.mv/194333 އެއާއެކު ޔާމީން ވަނީ، "ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ" ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ ވިދާޅުވި ވާހަކަ، ފާހަގަކުރައްވައި، އަނެއްކާ ވެސް އެ ހާލަތު ބައްދަލުކުރީތޯ އައްސަވައި، ސުވާލު އުފައްދަވައިފައެވެ. މީގެ ކުރިން ވެސް ޔާމީން ވަނީ އެމްއެމްއޭގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓުހައުސްތަކުން، ބޭންކްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވައި، އެމްއެމްއޭއިން އެކުލަވައިލި ގަވާއިދާ އެކު ބޭންކްތަކަށް މާރުކުރާ ޑޮލަރު އިތުރުވި ނަމަވެސް އާންމުންނަށް އެ ގަންނަން ނުލިބޭތީ ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެ ޑޮލަރު ގަންނަން ނުލިބޭތީ އަދިވެސް ރައްޔިތުންނަށް ޑޮލަރު ހޯދަން ލުއެއް ނުލިބޭ ކަމަށެވެ. https://sun.mv/199647 ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ސަބަބަކީ، ރާއްޖެއަކީ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ. މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެ ގޮތުން، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 680 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ