ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މޫސުން ގޯސްވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފަކާ ގުޅިގެންނެވެ.
މޫސުން ގޯސްވެ ވައިގަދަވާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ހޮނިހިރު ދުވަހުގެ ނިޔަލަށް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އާއްމުކޮށް ވައިޖެހޭނީ 10 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ވިލާގަނޑުގައި 20 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މޫސުން ގޯސް ދުވަސްތަކުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ކޮޅިގަނޑުގެ ވަގުތުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ހަަތަރު ފޫޓާ ހަތް ފޫޓުގެ އުސްމިނަކަށެވެ.
މޫސުން ގޯސްވާނެ ކަމަށް ފެންނާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން އަދި ރައްކާތެރިކަމުގެ ފިޔަޅުތައް އަޅައިގެން ނޫނީ ދަތުރުނުކުރުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ