މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފި

މޫސޫން ގޮސްވެ 50 މޭލަށް ވައި ގަދާވާނެ ކަމަށް ލާފާކޮށް މުޅި ރާއްޖެއަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން ބުނީ ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ. މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާއްމު ގޮތެއްގައި 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއަދު ރާއްޖޭގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދާވަނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަދި ދިޔަވަރު ބޮޑުވާ ވަގުތު އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި މެންދުރުފަހުން، ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ