ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދަށް ފަހު މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 އިން މާދަމާގެ 10:00 އަށް ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރޭ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށާއި، އުތުރު އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހަށް ފަހު މޫސުން ރަނގަޅުވާނެ ކަމަށާއި، ވައި ވެސް މަޑުވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އުތުރު އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މިއަދަށްފަހު މޫސުން ރަނގަޅުވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ