އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފި

މިނިވަން ދުވަހުގެ މުނާސަބުގައި ބާއްވާ ހަރަކާތްތަކާއި ގުޅިގެން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
އެދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައި މިވަނީ އެ ދުވަހު މަގުމަތީ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާތީއެވެ. އެގޮތުން ން އެމްއެންޑީއެފާއި ކެޑޭޓްކޯގެ ފަރާތުން ފަސް ބޭންޑަކުން ޕެރޭޑެއް އޮންނާނެއެވެ.
ސިޓީ ކައުންސިލުން ވަނީ އެހަކާތްތައް ބެލުމަށް އެ ދުވަހު ކުޑަކުދިންނާއި އުމުރުން ދުވަސްވީ ގިނަ ބަޔަކު ނުކުންނާނެ ކަމަށާއި އެހެންކަމުން މަގުމަތި އެހާ ބާރުބޮޑުކޮށް އޮންނައިރު ވެހިކަލު ދުއްވުމުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ބުނެފައެވެ.
ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ ށް، ހޮނިހިރު ދުވަހު ހަވީރު 3:30 އިން 6:30 އަށެވެ.
މިއަހަރުގެ މިނިވަން ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުން އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ