ތިމަރަފުށީ މާރަމާރީތަކާއި ގުޅިގެން މެމްބަރު ރިޔާޒްގެ ކަންބޮޑުވުން ފާޅުކުރައްވައިފި

ތިމަރަފުށީގައި ހިނގާ މާރަމާރީތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ތިމަރަފުށިގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރަމާރީގައި މީހެއްގެ ގަޔަށް ވަޅިން ހަމަލާ ދީ ވަނީ ޒަހަމް ކޮށްލާފައެވެ.
އީދު ދުވަހުގެ ރޭވެސް ތިމަރަފުށީގައި ދެގުރޫޕުގެ ދެމެދުގައިހިންގަފައިވާއިރު އީދު ބަންދުގެ ކުރިންވެސް މިދެގުރޫޕުގެ ދެމެދުގައި ވަނީ މާރަމާރީ ހިންގާފައެވެ.
ތިމަރަފުށިގައި ހިނގި ސިލްސިލާ މާރާމާރީއާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މާރަމާރީތަކުގެ މައްސަލަ ފުލުހުންގެ އިތުރުން ކަމާ ބެހޭ އެހެން އިދާރަތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ މާރާމާރީގެ މައްސަލަތައް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މާރާމާރީތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލް ނަސީމަށާއި ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ އަށްވެސް ދަންނަވާފައިވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މާރަމާރީތަކާއި ގުޅިގެން 4 މީހަކު ފުލުހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި 20އަހަރުގެ ދެ މީހުންނާއި، 21 އަހަރުގެ މީހަކާއި 23އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މާރާމާރީ ހިންގާފައި ވަނީ، ފޭސްބުކުގައި ކުރި ޕޯސްޓެއްގެ ކޮމެންޓަކަށް "ހާހާ" ރިއެކްޓު ކުރުމުން ތިމަރަފުށީގެ ދެ ގޭންގެއްގެ ދެމެދުގައި އޮތް މައްސަލައެއް އިތުރަށް ހޫނުވެ ރުޅިވެރިކަން އުފެދިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ