ރަސްމީކޮށް ރިޔާސީ ޓިކެޓް ޕީޕީއެމްއިން ޔާމީނާއި ހަވާލުކޮށްފި
2013 ގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ވާދަކުރައްވާ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން އަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލު ކޮށްފިއެވެ.ރޭ ކާނިވާ ސްޓޭޖްގައި ބޭއްވި ރަސްމިއްޔާތެއްގައި (ޕީޕީއެމް)ގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އެޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއި ހަވާލު ކޮށްދެއްވީ އެ ޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އެވެ.ރާއްޖޭގައި ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީ އަކުން މިފަދަ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި، އަދި އެ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް މިހާ ފުރިހަމަކޮށް ހަވާލު ކޮށްފައިވާ ނުވާ ކަމަށް ބުނެ މައުމޫނު ވަނީ ރޭގެ ޖަލްސަގައި ވާހަކަފުޅު ދައްކަވާފައެވެ.ޕީޕީއެމްގެ މި ޖަލްސާގައި އެ ޕާޓީން މި ހުޅުވާލީ ޑިމޮކްރެސީގެ މުޅީން އާ ސަފްހާއެއް ކަމަށާއި، މިއަށްފަހު ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ދެބަސް ވުމެއް އޮވެގެން ނުވާނެ ކަމަށް، އަދި ނުވެސް އޮންނާނެ ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ.ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ކުރާން ތައްޔާރަށް އޮތް ކަމަށް ހާމަކުރައްވަމުން މައުމޫނު ވިދާޅުވީ، އެ ފަދަ ވިސްނުމެއްގައި ޕީޕީއެމްއާ ގުޅެން ބޭނުންވާ ކޮންމެ ޕާޓީ އަކަށް މަރުހަބާ ކިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ