އިންޓަރ ސްކޫލް އަދި ކޮލެޖު ބީޗް ވޮލީ މުބާރާތް ނިންމާލައިފި

އިންޓަރ ސްކޫލް އަދި ކޮލެޖު ބީޗް ވޮލީ މުބާރާތް ރޭ ނިންމާލައިފި އެވެ.
މި މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިން ޗެމްޕިއަންކަން ހޯދީ ސެންޓަރ ފޯ ހަޔަ ސެކަންޑަރީ އެޑިޔުކޭޝަން އެވެ. ސީއެޗްއެސްސީން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށްގެން ނެވެ. މިބައިގެ ތިންވަނަ ހޯދީ މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.
19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ. މިބައިގެ ޗެމްޕިއަންކަން ވިލާ ހޯދީ ފައިނަލުގައި މަޖީދިއްޔާ ސްކޫލް ބަލިކޮށްގެން ނެވެ. މިބައިގެން ތިންވަނަ ޓީމަކީ ސީ.އެޗް.އެސް.އީއެވެ.
ކޮލެޖް ޔުނިވާސިޓީ ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވިލާ ކޮލެޖު އެވެ. ދެވަނަ ހޯދީ ގައުމީ ޔުނިވާސިޓީ އެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީން ހޯދިއިރު، މިބައިގެ ދެވަނަ ހޯދީ ވިލާ ކޮލެޖު އެވެ.
މީގެ އިތުރުން މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބ. ގޮއިދޫ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ